ކޯވިޑް-19: މިހާލަތުގައި ބިލް ދެއްކުމުގައި ދިރާގުން ލުއި ގޮތްތަކެއް

ކޯވިޑް-19 ގެ މި ހާލަތުގައި މާލީ ގޮތުން ދަތިވާ ފަރާތްތަކުން ދިރާގު ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ. އެގޮތުން ކުރިއަށް އޮތް ދެމަސް ދުވަހަށް ބިލް ދެއްކުން ދިގުދަންމާލާފައިވާއިރު ކު...

10 May 2020 | 00:31

ކޯވިޑް-19 ގެ މި ހާލަތުގައި މާލީ ގޮތުން ދަތިވާ ފަރާތްތަކުން ދިރާގު ބިލް ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީފިއެވެ.

އެގޮތުން ކުރިއަށް އޮތް ދެމަސް ދުވަހަށް ބިލް ދެއްކުން ދިގުދަންމާލާފައިވާއިރު ކުރިމަތިވާ މާލީ ހާލަތްތަކާއި ގުޅިގެގެން ވަކި ވަކި ކަސްޓަމަރުންގެ ރިކުއެސްޓްތަކަށް އެ ކަސްޓަމަރަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ދިރާގުން ނިންމާފައިވެއެވެ.

ދިރާގުން ބުނީ މިފަދަ އިންތިޒާމްތަކެއް ހަމަޖައްސަން ނިންމީ އާންމުންނަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުން ފަހުން ދައްކާ ބިލް ޕޭމަންޓްސް ތަކަށާއި ފީތައްވެސް މި ހާލަތުގައި މާފުކޮށްދޭނެ ކަމަށާއި އަދި ކޯވިޑް-19ގެ މި ހާލަތުގާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ކަސްޓަމަރުންގެ ހިދުމަތްތައްވެސް މި ހާލަތުގައި މެދުކަނޑާނުލނެ ކަމުގައިވެސް ދިރާގުން ބުނެފައިވެއެވެ. އެގޮތުން އަންނަ ޖޫން މަހުގެ ނިޔަލަށް އެފަދަ ފަރާތްތަށް ދިރާގުގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑް-19ގެ މި ހާލަތުގައި ކަސްޓަމަރުންނަށް އެތައް ލުއިފަސޭހަ ގޮތްތަކަކާއި ހާއްސަ އޮފާތަކެއް އަންނަނީ ދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް