ވިލިމާލެ ގޮނޑި ނަހުލާ ކާމިޔާބުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ގޮޑި ޕީޕީއެމްއިން ވާދަކުރި ނަހުލާ އަލީ ކާމިޔާބުކޮށްފިއެވެ. ނަހުލާ ގޮޑި ކާމިޔާބު ކުރީ އެމްޑީޕީއިން ވާދަކުރި ހަމްނާ ވަހީދު ބަލިކޮށ...

10 Apr 2021 | 18:58

ލޯކަލް ކައުންސިލް އިންތިހާބުގެ މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ ގޮޑި ޕީޕީއެމްއިން ވާދަކުރި ނަހުލާ އަލީ ކާމިޔާބުކޮށްފިއެވެ.

ނަހުލާ ގޮޑި ކާމިޔާބު ކުރީ އެމްޑީޕީއިން ވާދަކުރި ހަމްނާ ވަހީދު ބަލިކޮށްފައެވެ.

ނަހުލާ އަލީ މި ގޮނޑި ކާމިޔާބު ކުރި އިރު، ކެމްޕެއިން ތެރޭގައި އޭނާގެ ޖަގަހައިގެ ބިއްލުރިތައް ތަޅާލި މައްސަލައެއް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައި ވެއެވެ.

ނަހުލާ އަލީ ބުނެފައިވަނީ ކޮންމެ މީހަކު ކުރިކަމުގައިވިޔަސް މިއީ ވަރަށްދެރަކަމެއް ކަމަށެވެ .އަދި ކުރާ ފުރައްސާރަކަށް، ރައްދުކުރާ ދެރަބަހަކަށް، ދައްކަން މަސައްކަތްކުރާ ބިރަކަށް އިރާދަކުރެއްވިއްޔާ ފަހަތަށް ނުޖެހޭނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް