އައްޑޫ ސީޓިން އެމްޑީޕީގެ މެޖޯރިޓީ ގެއްލިއްޖެ

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ބިޔަ މެޖޯރިޓީ ގެއ...

10 Apr 2021 | 18:44

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ބިޔަ މެޖޯރިޓީ ގެއްލިއްޖެއެވެ.

މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި އެމްޑީޕީއަށް އައްޑޫން ކައުންސިލް ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ފާއިތުވެ ދިޔަ ތިން އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބުކުރީ 100އިންސައްތައިންނެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ވަނީ 3 ގޮނޑި އަދި މިނިވަން ކެންޑިޑޭޓުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފަައެވެ. ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީއަށް ލިބިފައިވަނީ %53 އެވެ.

އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށްގެން ތިން ފަރާތަކުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. އަދި ޕީޕީއެމުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް