މިއަދު ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 88 މީހުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ މާލެއިން 37 މީހުންނާއި އަތޮޅު ތެރެއިން 31 މީހުންނެވެ. ދެން ޕޮސިޓިވް ވެފައިވަނީ ރިސޯޓުތަކުން 20 މީހުންނެވެ.
ކޯވިޑް-19 އަށް ޓެސްޓުކޮށްފައިވަނީ 2،664 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 3،019 މީހުންނަށެވެ. އޭގެ ތެރެއިން 78 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 22،429 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ 67 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 25،524 މީހުންނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް