ލޯކަލް ކައުންސިލް އިންތިޚާބުގައި ލ.ފޮނަދޫގެ ރައީސްކަމުގެ މަގާމަށް ޕީޕީއެމުން ވާދަ ކުރި އަޙުމަދު ރިޔާޒު އެ މަގާމު ކާމިޔާބުކޮށް ވިދިވިދިގެން ތިންވަނަ ދައުރަކަށް އިންތިޚާބުވެއްޖެއެވެ.
އާންމުކޮށްފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު ފޮނަދޫގެ ބަރާސިލް އަވަށާއި މެދުއަވަށު ފޮށިން ރިޔާޒު ވަނީ ކުރި ހޯއްދަވާފައެވެ. މި ފަހަރުގެ އިންތިޚާބުގައި ރިޔާޒާ ވާދަކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓެއް ކަމަށްވާ ޙަސަން އަޙުމަދެވެ.
ރިޔާޒަކީ ފާއިތުވި ދެ ދައުރުގައި ވެސް ފޮނަދޫ ކައުންސިލްގެ ރައީސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް