މާފަންނު މެދު ދާއިރާގެ ކައުންސިލަރަކަށް ނަރީޝް އިންތިޚާބުވެއްޖެ

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަޙްމަދު ނަރީޝް އިންތިޚާބުވެއްޖެއެވެ.ޱ އޭނާ ވަނީ އެ ދާއިރާގެ ...

10 Apr 2021 | 16:32

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭ ސިޓީގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަޙްމަދު ނަރީޝް އިންތިޚާބުވެއްޖެއެވެ.ޱ

އޭނާ ވަނީ އެ ދާއިރާގެ މާލޭގައި ބެހެއްޓިފައިވާ ހަ ވޯޓުފޮށިން ކުރި ހޯއްދަވާފައެވެ. މި ފޮށިތަކުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމުގެ ކުރި ހޯއްދަވާފައިވަނީ ޕީޕީއެމްގެ ފަރާތުން ވާދަކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ނަރީޝްއާއި ދެކޮޅަށް މި ދާއިރާއަށް ވާދަކުރައްވާފައިވަނީ އިތުރު ދެ ބޭފުޅެކެވެ. އެއީ އެމްޑީޕީން ވާދަކުރެއްވި އަޙްމަދު ރިޝްވާން އަދި އެމްއާރްއެމްއިން ވާދަކުރެއްވި އިބްރާހީމް އިޤްބާލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް