ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކޮޅުމަޑުލު ވިލިފުށީގައި ވޯޓުލުން ނިމޭނީ މިރޭ 21:50ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެކި ސަބަބުތަކާ ހެދި ވޯޓުލާން ފެށުން ލަސްވި ބައެއް މަރުކަޒުތަކުގައި ވޯޓުލާނިމޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފައެވެ. މީގެ ތެރެއިން އެންމެ ގިނަވަގުތު އިތުރުކޮށްފައިވަނީ ވިލުފުށީގައި ބަހައްޓާފައިވާ އެރަށު އެއް ނަންބަރު ވޯޓުފޮއްޓާއި ދެ ނަންބަރު ވޯޓުފޮއްޓެވެ.
ވިލުފުށީގައި ވޯޓުލާން ފެށުން ލަސްވީ އެރަށުގައި ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި އެނޫންވެސް އެރަށުގައިތިބި އާންމު ބައެއް ފަރާތްތަތައް ކަރަންޓީނުވާން ޖެހުމާއި ގުޅިގެންނެވެ.
ވިލުފުށީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި 15 މިނެޓް ފަހުން ވޯޓުލާންފެށި ފޮށިތައް 18:15ގައި ބަންދުކުރަން ނިންމާފައެވެ.
އެ ރަށުގައި ވޯޓުލުން ލަސްވި ނަމަވެސް، މި އިންތިޚާބުގައި ބެހެއްޓި 523 ވޯޓު ފޮއްޓަކަށް ވޯޓުލައި ނިމި، ފޮށިތައް ބަންދުކޮށް 53 ވޯޓު ފޮއްޓެއް ގުނަމުން އެބަ ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް