ވޯޓުލުން ނިންމައި، ބައެއް މަރުކަޒުތަކުގައި ވޯޓު ގުނަމުން އެބަ ދެއެވެ.
އީސީ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭ 6:50އާ ހަމައަށް 442 ފޮއްޓެއް ބަންދުކޮށްފައިވާކަމަށެވެ. 178،280 މީހުން ވަނީ މިހާތަނަށް އައިއިރު ވޯޓު ލާފައެވެ. މިހާރު 523 ވޯޓު ފޮއްޓެއް ބަންދުކޮށް 53 ވޯޓު ފޮއްޓެއް ގުނަމުން ދާ ކަމަށް އީސީން ބުނެއެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން އޮތީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ.
ތަފާތު ބައެއް ސަބަބުތަކާ ހެދި ވޯޓުލުން ލަސްކުރެވިފައިވާނަމަ ލަސްކުރެވުނު ވަގުތު ވޯޓުލާ ވަގުތުގެ ގޮތުގައި އިތުރުކޮށްދެވޭނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުންކުރި ޓުވީޓެއްގައި ހާމަކޮށްފައިވަނީ މިއަދު 18:00ގެ ފަހުން ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ކިއުގައި އެއްވެސް މީހަކުނެތްނަމަ ވޯޓުލާ މަރުކަޒު ބަންދުކުރެވޭނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް