ވޯޓުލާން ފެށިތާ 10 ގަޑިއިރު ހަމަނުވާ އެއްވެސް ވޯޓު ފޮއްޓެއް ބަންދު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ވޯޓުލާން ފަހުން ފެށި ފޮށިތައް ބަންދު ކުރާނީ ވޯޓުލާން ފެށިތާ10 ގަޑިއިރު ހަމަވުމުން ކަމަށެވެ. އަދިހަވީރު5:00 ގައި ކަރަންޓީނާއި އައިސޮލޭޝަންގައި ތިބޭ މީހުން ވޯޓުލާން ފެށިޔަސް6:00 ގައި ބަންދު ކުރާ ފޮށިތަކަށް ހައެއް ޖަހަންދެން ދާ އެންމެންނަށް ވޯޓު ލެވޭނެ ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓުލާން10 ގަޑިއިރު ހަމަ ކުރުމުގެ ގޮތުން51 ވޯޓު ފޮއްޓެއްގެ ވޯޓުލާ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަހުން ވޯޓު ފޮށި ބަންދު ކުރާ ވިލުފުށީ ދެ ވޯޓު ފޮށި ބަންދު ކުރާނީ މިރޭ9:50 ގައި އެވެ.
https://twitter.com/ElectionsMv/status/1380872451005935619
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް