އަލިފާން ރޯވި ތެޔޮ ބޯޓު އަޑިއަށް ހިނގައްޖެ އެވެ.
އެ ބޯޓުގައި އަލިފާން ރޯވީ އެނބޫދޫ ފިނޮޅު ކައިރީ އޮއްވަ އެވެ. ހާދިސާ ހިނގި އިރު 60،000 ލީޓަރުގެ ޑީސަލް ދޯނީގައި ހުރިކަމަށްވެ އެވެ.
ބޯޓުގައި އަލިފާން ރޯވިއިރު ހަތަރު މީހުން ތިއްބެވެ. އެއީ ހަތަރު ދިވެހިންނާއި ބިދޭސީ އެކެވެ. އެމީހުން ވަނީ މާލެ ގެންގޮސްފަ އެވެ.
ތެޔޮ ބޯޓުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އަށް ރިޕޯޓު ކުރީ މިއަދު ހަވީރު 5:50 ހާއިރު އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓުގައި އަލިފާން ރޯވީ، ތެޔޮ ބަރުކޮށްގެން ލ. އަތޮޅުން މާލެއަށް ދަތުރު ކުރަމުން ދަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް