ވޯޓުލާ މަރުކަޒު ކައިރީ އަޑުގަދަ ކުރި މީހަކު ހައްޔަރުކޮށްފި

ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގައި އަޑުގަދަ ކުރި މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިލިމާލޭ މުހިއްދީ...

10 Apr 2021 | 12:51

ވޯޓުލާ މަރުކަޒު ހިމެނޭ ސަރަހައްދުގައި އަޑުގަދަ ކުރި މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ވިލިމާލޭ މުހިއްދީން ސްކޫލްގައި ހަދާފައިވާ ވޯޓުލާ މަރުކަޒު ކައިރީގައި އަޑުގަދަ ކުރުމުން ކަމަށެވެ. އެމީހާ އަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ ސަރަހައްދުން ދުރަށް ޖެއްސުމުގެ ގޮތުން ކަމަށްވެ އެވެ.

އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މއަިދު 4:15 ގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ވޯޓު ކަރުދާސް ފޮޓޯ ނެގުމަށް ފަހު އާންމު ކުރި މައްސަލަވެސް ވަނީ ފެންމަތިވެފައި އެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 273،128 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެން ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް