މިއަދު އިރުއޮއްސި 6:00 ޖަހާއިރު ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ވޯޓުލުމަށް ކިޔުގައި މީހަކު ނެތްނަމަ ވޯޓުލާ މަރުކަޒު ބަންދުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މުޅި ރާއްޖޭގައި މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހެނދުނު 7:00 އިން ހަވީރު 5:00 އަށެވެ. މީގެއިތުރުން ކަރަންޓީނު އަދި ޕޮޒިޓިވްވެގެން އައިސޮލޭޝަންގައި ތިބި މީހުންނަށް ޙާއްޞަކޮށްފައިވާ ގަޑިއަކީ 17:00 އިން 18:00އެވެ.
ތަފާތު ބައެއް ސަބަބުތަކާ ހެދި ވޯޓުލުން ލަސްކުރެވިފައި ވާ ނަމަ ލަސް ކުރެވުނު ވަގުތު ވޯޓުލާ ވަގުތުގެ ގޮތުގައި އިތުރުކޮށް ދެވޭނެ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.
އިލެކްޝަންސް ކޮމިޝަނުންކުރި ޓުވީޓެއްގައި ހާމަކޮށްފައިވަނީ މިއަދު 18:00ގެ ފަހުން ވޯޓުލާ މަރުކަޒުތަކުގެ ކައިރީގައި ކިއުގައި އެއްވެސް މީހަކުނެތްނަމަ ވޯޓުލާ މަރުކަޒު ބަންދުކުރެވޭނެކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައިވާއިރު، މިއަދުގެ ހެދުނު ވޯޓުލާން ނިކުމެފައިވަނީ ނިސްބަތުން މަދު ޢަދަދެއްގެ ބައެއްކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް