މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 50 ޕަސެންޓަށްވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 138،444 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ ހަވީރު 3:44 އާއި ހަމައަށް ވޯޓު ލީ މީހުންގެ އަދަދެވެ.
ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 71،305 ފިރިހެނުންނާއި، 67،139 އަންހެނުންނެވެ. އީސީން ބުނީ މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ 51 ޕަސެންޓު މީހުން ކަމަށެވެ.
މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.
އީސީން ކުރިން ލަފާކުރި ގޮތުގައި މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓުލާނެ ކަމަށް ބެލެވެނީ 40 ޕަސެންޓު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް