ރޯދަ މަހު އައިޖީއެމްއެޗުގައި ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ކުރިޔަށް އޮތް ރޯދަ މަހު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްޗުން ހިދުމަތްދޭނެ ވަގުތުތައް އާންމުކޮށްފި އެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ކުރިއަށްދާނީ 9:00 ...

10 Apr 2021 | 10:22

ކުރިޔަށް އޮތް ރޯދަ މަހު ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްޗުން ހިދުމަތްދޭނެ ވަގުތުތައް އާންމުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ ކޮންސަލްޓޭޝަން ކުރިއަށްދާނީ 9:00 ން 2:00 އަށް ކަމަށާއި ޖެނެރަލް އޯޕީޑީ ކުރިއަށްދާނީ 10:00 ން 2:00 އަށް އަދި ހަވީރު 4:00 ން ރޭގަނޑު 12:00 އަށް ކަމަށެވެ.

ލެބޯޓްރީގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ 8:00 ން 4:00 އަށް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އައިޖީއެމްއެޗުން ބުނީ އެހެން ދުވަސްތަކެކޭއެއްގޮތަށް އެމަޖެންސީގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އައިޖީއެމްއެޗުގެ އެހެން ޑިޕާޓުމެންޓުތަކުން ހިދުމަތްދޭނެ ވަގުތުތަކަކީ ހެނދުނު 9:00 ން ހަވީރު 4:00 އާއި ދެމެދުގެ ވަގުތުތަކެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް