އެއް ލައްކަ މީހުން ވޯޓުލައިފި

މިހާރު ކުރިޔަށްދާ ލޯކލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 100،000 މީހުން ވޯޓުލައިފި އެވެ. އިލެކްޝަން...

10 Apr 2021 | 09:51

މިހާރު ކުރިޔަށްދާ ލޯކލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރެއިން 100،000 މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް 100،829 މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ މެންދުރު 1:50 އާއި ހަމައަށް ވޯޓު ލީ މީހުންގެ އަދަދެވެ.

ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ ހިމެނެނީ 53،689 ފިރިހެނުންނާއި، 47،140 އަންހެނުންނެވެ. އީސީން ބުނީ  މިހާތަނަށް ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ 36.9 ޕަސެންޓު މީހުން ކަމަށެވެ.

މި އިންތިހާބުގައި 273،128 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އީސީން ލަފާކުރާގޮތުގައި މިއަދު ކުރިޔަށްދާ އިންތިހާބުގައި ވޯޓުލާނެ ކަމަށް ބެލެވެނީ 40 ޕަސެންޓު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް