ވޯޓުލާ މަރުކަޒުތައް ތޮއްޖެހެންދެން ވޯޓުލުން ލަސްނުކުރައްވާ!

ވޯޓުލާ މަރުކަޒުތައް ފުރި ބާރުވެ، ތޮއްޖެހެންދެން ވޯޓުލާން ދިއުން މަޑު ނުކުރުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ފާހަގަވިކަންކަން ހާމަކުރުމަށް އެޗްއާރްސީއެމުން ބ...

10 Apr 2021 | 09:29

ވޯޓުލާ މަރުކަޒުތައް ފުރި ބާރުވެ، ތޮއްޖެހެންދެން ވޯޓުލާން ދިއުން މަޑު ނުކުރުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ފާހަގަވިކަންކަން ހާމަކުރުމަށް އެޗްއާރްސީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވަނީ ޚާއްސަ ހާލަތެއް ދިމާނުވާ ހުރިހާ ވޯޓު ފޮއްޓެއްގައި ގަޑިއަށް ވޯޓުލުން ފެށުނު ކަމުގައެވެ. ކޯވިޑް-19 ރޯގާ ނުފެތުރޭ ގޮތަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށް އެޗްއާރްސީއެމުން ވަނީ ތޮއްޖެހިގެން ވޯޓުލާން ދާން މަޑު ނުކޮށް ވީހާވެސް އަވަހަށް ވޯޓުލާން ދިއުމަށް ގޮވާލާފައެވެ.

މިހާތަނަށް އައިރު ވޯޓުލާން ދިޔަ މީހުން މަދުކަން ފާހަގަކޮށް އެ އިދާރާއިން ބުނީ ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ފެށުން ލަސްވި ސަބަބަކަށްވެސް މިކަން ވެގެން ދިޔަކަމަށެވެ. ބައެއް މަރުކަޒުތަކުގައި މީހުން އެއްވެ ތިބޭއިރު ގައިދުރުކަން ނެތްކަން ފާހަގަކުރެވޭ ކަމަށާއި މާސްކްއެޅުން ފިޔަވައި ދެން ހުރި ގައިޑްލައިންތަކަށް ތަބާނުވާކަން ފާހަގަވާކަމަށް ވެސް ބުނެފައިވެއެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ. އިންތިޚާބު މިބޭއްވީ ކޮވިޑްގެ ޕެންޑަމިކް ތެރޭގައެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރުވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ ތިންހާހަށްވުރެ މަތީގައެވެ. ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ގާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ވޯޓުލާން ދިއުމުގެ ފުރުސަތު އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް