ހައެއް ޖަހާއިރު ކިއު ހުސްނަމަ ވޯޓުލުން ހުއްޓާލާނެ: އިލެކްޝަންސް

ހަވީރު ހައެއް ޖަހާއިރު ވޯޓުލާ މަރުކަޒެއްގެ ކިއުގައި މީހަކު ނެތް ނަމަ އެ މަރުކަޒެއް ބަންދުކުރާނެ ކަމުގައި އިލެކްޝަންސުން ބުނެފިއެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގައ...

10 Apr 2021 | 08:05

ހަވީރު ހައެއް ޖަހާއިރު ވޯޓުލާ މަރުކަޒެއްގެ ކިއުގައި މީހަކު ނެތް ނަމަ އެ މަރުކަޒެއް ބަންދުކުރާނެ ކަމުގައި އިލެކްޝަންސުން ބުނެފިއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި 18:00 ވާއިރު ކިއުގައި ވޯޓުލުމަށް މީހަކު ނެތްނަމަ، ވޯޓުލާ މަރުކަޒު ބަންދުކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

މި ބަދަލު ގެނެސްފައިވާއިރު މި އިންތިހާބުގައި ފެށުނީއްސުރެ އެހެން އިންތިހާބުތަކާ އަޅާބަލާއިރު ޓާންއޯވާ ދަށެވެ. ހެނދުނުއްސުރެ މެންދުރާއި ހަމައަށް ދިޔައީ ވަރަށް ދަށްކޮށެވެ. ނަމަވެސް މިހާރު ކިއުތަކަށް މީހުން އިތުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް