ރައީސް ޔާމިން ފަރުދީ ޒިންމާ އަދާ ނުކުރެއްވި، ވޯޓު ނުލާނެ

މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީ ވެވަޑައިގެންފައި ނުވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ފުރު...

10 Apr 2021 | 06:37

މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މާފުށީ ޖަލުގައި ވޯޓް ލެއްވުމަށް ރަޖިސްޓްރީ ވެވަޑައިގެންފައި ނުވާތީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ފުރުސަތު މިއަދު އެމަނިކުފާނަށް ނުލިބޭ ގޮތް ވެއްޖެއެވެ.

ރައީސް ޔާމިން އަކީ މައްޗަންގޮޅި މެދު-1 ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ، ނަމަވެސް، އެމަނިކުފާނު މި ވަގުތު ހުންނެވީ މާފުށީ ޖަލުގައި ކަމަށް ވާތީ، އެ ތަނުގައި ވޯޓު ލެއްވުމަށް ރަޖިސްޓްރީ ވާން ޖެހޭނެއެވެ.

އެނގިފައިވާ ގޮތުގައި ދައުލަތުން ތަކުރާރުކޮށް އެދިގެން ވެސް އެމަނިކުފާނު ވަނީ އެކަމަކަށް އިންކާރުކުރައްވާފައެވެ. އަދި އެއީ ކީއްވެގެންކަން ސާފެއް ނުވެއެވެ.

2019 ވަނަ އަހަރު އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވެސް ރައީސް ޔާމީން ވޯޓެއް ނުލައްވައެވެ.

ޖަލުތަކުގައި ވޯޓު ލުމުން މިހާރު ކުރިއަށް އެބަދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް