ގައުމީ އެއާލައިން މޯލްޑިވިއަން އިން ނ. މާފަރުން އިންޑިއާގެ މުމްބާއީ އާ ދެމެދު ސީދާ ދަތުރުތައް ފެށުން ފަސްކޮށްފި އެވެ.
މޯލްޑިވިއަންއިން ކުރިން ނިންމާފައިވަނީ މި މަހުގެ13 ވަނަ ދުވަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ދަތުރުތައް ފަށާށެވެ.
މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މުމްބާއީން މާފަރަށް ކުރާ ދަތުރުތައް ފެށުން ފަސް ކުރަން ނިންމީ އިންޑިއާގައި ކޯވިޑް ކޭސްތައް އިތުރުވެފައިވާތީ ކަމަށެވެ. ވަސީމް ވިދާޅުވީ ދަތުރުތައް ފެށުމަށް މިހާރު ހަމަޖައްސާފައިވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުު ކަމަށެވެ
މޯލްޑިވިއަން އިން މުމްބާއީ އާއި މާފަރާއި ދެމެދު ހަފްތާ އަކު ތިން ދަތުރު ކުރުމަށް ހަމަޖައްސާފައިވެ އެވެ. އެއީ ހުކުރު، އާދިއްތަ އަދި އަންގާރަ ދުވަހު އެވެ.
މިދަތުރު ތަކުގައި ބިޒްނަސް ކްލާހާއި އިކޮނޮމިކް ކްލާހުގައި ދަތުރު ކުރެވެ އެވެ. ބިޒްނަސް ކްލާހުގައި ދަތުރު ކުރާ ފަރާތްތަކަށް ބަގޭޖް އެލަވަންސްގެ ގޮތުގައި30 ކިލޯ ލިބޭއިރު އިކޮނޮމިކް ކްލާހުގައި ދަތުރު ކުރާ ފަރާތްތަކަށްބެގޭޖް އއެލަވަންސްގެ ގޮތުގައި ލިބެނީ20 ކިލޯއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް