ޓޫރިސްޓު ރިސޯޓު ތަރައްގީ ކުރަން ގިނަ އަދަދެއްގެ ރަށްތަކެއް ބީލަމަށް ލައިފި އެވެ.
މިފަހަރު ރިސޯޓު ހަދަން ހުޅުވާލާފައިވަނީ ހަ އަތޮޅަކުން23 ރަށެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ދެކުނުގެ އަތޮޅުގެ ރަށްތެކެވެ.
ރިސޯޓު ތަރައްގީ ކުރަން ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނެނީ
ހއ. ވެލިފިނޮޅު
ހއ. އަލިދުއްފަރުފިނޮޅު
ހދ. ކުޑަފަރުފަސްގަނޑު
މ. ސީދީހުރާ އާއި އެކު ސީދީހުރާ ވެލިގަނޑު
މ. މާއުސްފުށި
ތ. ކާއްޑޫ
ތ. ކަނިމީދޫ އުތުރު ފަރާތުން 10 ހެކްޓަރުގެ ބިން
ތ. އޮޅުފުށި، އިޅުފުށި ފިނޮޅާ އެކު، ލ.ކަށިދޫ
ލ. ބޮޑުމުންޏަފުށި
ލ. ދޮންބެރެހާ (ހޮޅުރަހާ އާއެކު)
ގއ. މާރެހާ
ގއ. ފުނަދޫވިލިގިއްޔާ
ގދ. ކަނޑަހަލަގަލާ
ގދ. ކަޑެވާރެހާ، ދިގުރެހާ އާއެކު
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މި ރަށްރަށަށް ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ 10:00 ގައި ޒޫމް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ބާއްވާނެ އެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހު 10:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް