ވޯޓު ލާނެ މީހަކު ނެތިގެން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ނުފެށިފައި

މިހާރު ކުރިޔަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން އަދިވެސް ބައެއް މަރުކަޒުތަކުގައި ނުފެށޭކަމަށް އިލެކްޝަންސް ކޮމިޝަނު...

10 Apr 2021 | 04:16

މިހާރު ކުރިޔަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ވޯޓުލުން އަދިވެސް ބައެއް މަރުކަޒުތަކުގައި ނުފެށޭކަމަށް އިލެކްޝަންސް ކޮމިޝަނުންބުނެފި އެވެ.

ވޯޓުލުން ކުރިޔަށް ގެންދަން ނިންމާފައިވަނީ ހެނދުނު 7:00 ން ހަވީރު 5:00 އަށެވެ. ކަރަންޓީނާއި އައިސޮލޭޝަންގައި ތިބި މީހުން ވޯޓުލާން ހަމަޖެހިފައިވަނީ ހަވީރު 5:00 ން 6:00 އަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓުލާން މީހަކު ނުދާތީ ވޯޓުލުން ނުފެށެނީ އަތޮޅު ތެރޭގެ ބައެއް ރަށްތަކާއި ބައެއް ރިސޯޓުތަކުގައި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހައެއްކަ ވޯޓު ފޮށި ކަމަށް ވިދާޅުވި އެވެ.

މާލޭގެ ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލުން ނުފެށެނީ އިދާރީ ސަބަބުތަކާއި ގުޅިގެން ކަމަށް ވިދާޅުވި އެވެ.

https://twitter.com/ShareefRangondi/status/1380727218674929665

ވޯޓުލުންފެށިގެން ދޮޅުގަޑިއިރު ވީއިރު މިއިންތިހާބުގައި ވޯޓު ލާފައިވަނީ އެންމެ ޕަސެންޓެއްގެ މީހުންނެވެ. އެ ވަގުތާއި ހަމައަށް ވޯޓުލާން ފަށާފައިވަނީ 518 ވޯޓު ފޮށީގައި އެވެ.

މި އިންތިހާބުގައިވީ 713 ވޯޓު ފޮށި ބަހައްޓާފައިވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް