'ރައްވެހި ފަތިސް' މާލެ މޭޔަރ ކެނޑިޑޭޓް އަނަސް ވޯޓު ލައްވައިފި

'ރައްވެހި ފަތިސް' މާލެ މޭޔަރ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވޯޓު ލައިފިއެވެ. މާފަންނުން ވޯޓް ދިނުމަގެ ހައްގު ލިބިގެންވާ އަނަސް ވޯޓު ލާފައި ވަނީ ހިރިޔާ ސްކޫލް ހެލްތް ރޫމްގައި ހުރި ވޯޓް ފޮއްޓަށެވެ. ...

10 Apr 2021 | 03:27

'ރައްވެހި ފަތިސް' މާލެ މޭޔަރ ކެނޑިޑޭޓް އަނަސް އަބްދުއް ސައްތާރު ވޯޓު ލައިފިއެވެ. މާފަންނުން ވޯޓް ދިނުމަގެ ހައްގު ލިބިގެންވާ އަނަސް ވޯޓު ލާފައި ވަނީ ހިރިޔާ ސްކޫލް ހެލްތް ރޫމްގައި ހުރި ވޯޓް ފޮއްޓަށެވެ.

ވޯޓު ފޮށި ބެހެއްޓިފައި ހުރި ދެ މަރުކަޒެއް ފިޔަވައި އެހެން ހުރިހާ މަރުކަޒެއްގައި ވެސް ހެނދުނު 07:00 ގައި ވޯޓުލުން ފަށާފައި ވެެއެވެ. ވޯޓުލުން ނިންމާ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ  ހަވީރު 05:00 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

މި އިންތިޚާބުގައި އޮބްޒާވަރުންގެ ގޮތުގައި 1554 މީހުން ހަރަކާތްތެރި ވާއިރު، މޮނިޓަރުންގެ ގޮތުގައި 2324 މީހުން ހަރަކާތްތެރި ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް