ކޮވިޝީލްޑް ދެ ވަނަ ޑޯޒު ޖެހި އަދަދު 15،000 އަށް

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 15،000 އަށް އަރައިފި އެވެ. އެޗްޕީއޭއިން ބުނީ މިހާތަނަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 15،131 އަށްއަރާފައިވާ ކަމަށެވެ. މިއަދު ދެ ވ...

10 Apr 2021 | 03:27

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 15،000 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހި މީހުންގެ އަދަދު 15،131 އަށްއަރާފައިވާ ކަމަށެވެ. މިއަދު ދެ ވަނަ ޑޯޒު ޖަހާފައިވަނީ 180 މީހުންނަށެވެ.

އިއްޔެ މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ކުރިޔަށް ގެންގޮސްފައެއް ނުވެ އެވެ.

ވެކްސިންގެ ފުރަތަމަ ޑޯޒު އިއްޔެ 2،560 މީހުން ޖަހާފައިވެ އެވެ. އަދި ފުރަތަމަ ޑޯޒު ޖެހި އަދަދު ވަނީ 267،795 އަށް އަރާފައި އެވެ.

މިހާރު ވެކްސިން ދެމުން ދަނީ މާލޭގެ ނުވަ ވެކްސިން ސެންޓަރަކާއި ދެ މޮބައިލް ޓީމްމެދުވެރިކޮށެވެ. އަތޮޅުތެރޭގައި237 ވެކްސިން ސެންޓަރަކުން ވެކްސިން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް