ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި އެވެ. ކުރީގެ ހައުސިންގ މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވޯޓުލެއްވީ ފެކަލްޓީ އޮފް ހެލްތު އެންޑް...

10 Apr 2021 | 03:10

މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓު ލައްވައިފި އެވެ.

ކުރީގެ ހައުސިންގ މިނިސްޓަރުކަން ވެސް ކުރެއްވި މުއިއްޒު ވޯޓުލެއްވީ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސްގައި ހުރި ވޯޓު ފޮށްޓަކަށް ހެނދުނު 08:07 ހާއިރުއެވެ.

ޑރ. މުއިއްޒުގެ އިތުރުން މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑީޑޭޓް އަނަސް އަބްދުއްސައްތާރު ވެސް މިހާރު ވަނީ ވޯޓު ލައްވައިފައެވެ.

ނަަމަވެސް، އަމިއްލަ ގޮތުން ވާދަކުރައްވާ، އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ އަދި ވޯޓު ލެއްވިިކަން އެނގިފައި ނުވެއެވެ.

އިންތިޚާބުގެ ކެމްޕެއިންގައި އެންމެ ވާދަވެރިކޮށް ފެނިފައި ވަނީ ޑރ. މުހައްމަދު މުއިއްޒު އާއި އަނަސް އަބްދުއްސައްތާރުއެވެ.

ކައުންސިލް އިންތިޚާބުގެ ވޯޓުލުން މިއަދު ހަވީރު 06:00އާ ހަމައަށް ކުރިއަށްދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް