ވޯޓުފޮށި ލިބުމުގެ ދަތިތަކެއް ދިމާވެ، ހދ. ކުޅުދުއްފުށީގައި އެއް ފޮށީގެ ވޯޓުލުން ލަސްވެއްޖެ އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުޅުދުއްފުށީ ސިޓީގެ އެއް މަރުކަޒު ފިޔަވައި އެހެން ހުރިހާ މަރުކަޒެއްގެ ވޯޓުފޮށިތަކަށް ވޯޓުލުން ގަޑިއަށް ފެށުނު ނަމަވެސް، އެއް ފޮށީގައި ވޯޓުލުން ފެށިފައި ވަނީ 07:30 ގައެވެ.
ހދ. ކުޅުދުއްފުއްޓަށް މިހާރު ކުރިއަށްދާ ކައުންސިލް އިންތިޚާބު އެހެން ފަހަރުތަކަށް ވުރެ ތަފާތެވެ. މީގެކުރިން އެ ރަށުގެ ރައްޔިތުންގެ ވޯޓުން ހޮވަނީ ރަށު ކައުންސިލެކެވެ. އެކަމަކު މިފަހަރު މިވަނީ އެކަން ބަދަލުވެފައެވެ. ލާމަރުކަޒީ ގާނޫނު ވުޖޫދުވި ފަހުން މިހާތަނަށް ރަށު ކައުންސިލެއް އޮތް ކުޅުދުއްފުއްޓަށް މި ފަހަރު އިންތިޚާބު ކުރާނީ ސިޓީ ކައުންސިލެކެވެ. މިއީ ކުޅުދުއްފުށީ ރައްޔިތުންނަށް ލިބޭނެ އާ ތަޖުރިބާއެކެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް