ވޯޓްލާން ގިނަބަޔަކު މާލެއިން ރައްރަށަށް ފުރަން ފަށައިފިއެވެ.
މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރަށްރަށަށް ވޯޓުލާން ދާން ބޭނުންވާ މީހުންނަށް ކަރަންޓީން ނުވެ ދެވޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
އެޗްޕީއޭއިން އާންމު ކުރި އެންގުމުގައި ބުނެފައިވަނީ ކަރަންޓީން ނުވެ ވޯޓުލާންދާ މީހުންނަށް ރަށްރަށަށް ދިއުމުގެ ފުރުސަތު އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ފުރުސަތު ދޭން ނިންމާފައިވަނީ ރަށްރަށަށް ގޮސް ކަރަންޓީންވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިންގައި ހިމެނޭ ކަންކަމުގެ ތެރެއިން10 ދުވަހުގެ ކަރަންޓީންވުން ނުހިމެނޭ ގޮތަށެވެ.
ވޯޓުލާން ރަށަށްގޮސް އުޅޭއިރު މީހުންނާ ބައްދަލުކޮށް، ގޭގެ އަށް ޒިޔާރަތް ނުކުރެވޭނެ އެވެ. ވޯޓުލުމަށް ފަހު، ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި، އެ މީހަކު އައި ރަށަކަށް އެނބުރި ދާންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ވޯޓުލާން ދަތުރަށް ފެށުމުގެ ކުރިން، ދަތުރުކުރާ ތާރީޚާއި އެ ރަށެއްގައި މަޑުކުރާނެ ތަނަކާއި މުއްދަތު ރަށުގެ ކަމާބެހޭ ފަރާތަށް އެންގަން ޖެހެ އެވެ. އަދި ވޯޓުލާން ވޯޓުލާ މަރުކަޒަށް ދާން ޖެހޭނީ ރަށުގައި ކަރަންޓީނު ވެފައި ނުވަތަ އެކަހެރި ވެފައިވާ މީހުން، ވޯޓުލާން ކަނޑައަޅާފައިވާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި ކަމަށް ބުނެފައިވެ އެވެ.
މި މުއްދަތުގައި ދަތުރު ކުރެވޭނީ ވޯޓުލާން ދާ މީހުންނަށް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް