ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް ދަނީ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ. ވޯޓުލުން ފަށާފައި ވަނީ، ވޯޓު ފޮށި ބެހެއްޓިފައި ހުރި ދެ މަރުކަޒެއް ފިޔަވައ...

10 Apr 2021 | 02:12

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ވޯޓުލުން ފަށާފައި ވަނީ، ވޯޓު ފޮށި ބެހެއްޓިފައި ހުރި ދެ މަރުކަޒެއް ފިޔަވައި އެހެން ހުރިހާ މަރުކަޒެއްގައި ވެސް ހެނދުނު 07:00 ގައެވެ. ނަމަވެސް މ. ރަތްމަންދޫގައްޔާއި ވ. ތިނަދޫގައި ވޯޓުލުން ފަށަން ހަމަޖެހިފައި ވަނީ ހެނދުނު 08:00 ގައެވެ.

މި ދެރަށުގައި ވޯޓުލުން ފަށާ ގަޑިއަށް ބަދަލު ތަކެއް ގެނައި ނަމަވެސް ވޯޓުލުން ނިންމާ ގަޑީގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެހެން މަރުކަޒުތަކޭ ވެސް އެއް ގޮތަށް ހަވީރު 05:00 އެވެ.

މ. ރަތްމަންދޫގައްޔާއި، ވ. ތިނަދޫގައި ވޯޓުލުން ފެށޭ ގަޑި ލަސްވެފައި ވަނީ، ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން އެ ދެ ރަށުން ހަމަ ނުޖެހުމުން، ކައިރި އެހެން ރަށްތަކުން އޮފިޝަލުން ހަމަޖައްސަން ޖެހުމާއި ގުޅިގެނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް