މިނިވަންކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ހޮނިހިރު ދުވަހުގެ ހެނދުނު ކުރެއްވި ޓްވީޓެއްގައި ވަނީ، މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރުމަށް ގޮވާލައްވައި އެކަމަށް އިލްތިމާސްކުރައްވާފައެވެ.
"މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރައްވާ" ޝަރީފް ވިދާޅުވިއެވެ.
https://twitter.com/ShareefRangondi/status/1380690351652970498
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް