ބައެއް ރަށްރަށުގައިި މިހާރު ވެސް ވޯޓުލާން ކިޔޫ ހަދައިފި

ހޮނިހިރު ދުވަހުގެ ހުނދުނު ފަށާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްްކަތްކުރާ ކޮމެޓީގެ އިންތިޚބުގައި ވޯޓުލުމަށް ގދ. ހޯޑެއްދޫގައި މިރޭން ފެށިގެން ކިޔޫ ހަދާލައިފި އެވެ. މައުލޫ...

09 Apr 2021 | 20:03

ހޮނިހިރު ދުވަހުގެ ހުނދުނު ފަށާ، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްްކަތްކުރާ ކޮމެޓީގެ އިންތިޚބުގައި ވޯޓުލުމަށް ގދ. ހޯޑެއްދޫގައި މިރޭން ފެށިގެން ކިޔޫ ހަދާލައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހޯޑެއްދޫގައި މިރޭ 08:00 ނުޖަހަނީސް ވަނީ ވޯޓުލުމަށްޓަކައި ކިޔޫ ހަދާފައެެވެ. އެގޮތުން މި ކިޔޫގައި 100އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ވޯޓުލާ  ނިމެންދެން އެ ފަރާތްތަކުން އެތަނުގައި ތިބޭނެއެވެ. އެވަގުތުތަކުގައި ކެއިން ބުއިން ހަމަޖައްސާނީ ކެމްޕެއިން ޓީމްތަކުން ކަމަށްވެއެވެ.

ވޯޓުލާން ފެށޭ ގަނޑިއަކީ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 އެވެ.

މި އިންތިހާބުގައި ޖުމުލަ 3،934 ކެނޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް