ރާއްޖެއިން ބޭރުން އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން ކަރަންޓީން މުއްދަތު ހަމަވި ބަޔަކު ދެ ފަހަރު ކޯވިޑް-19 އަށް ޓެސްޓު ކުރަން ޖެހިއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ހުސައިން ވިދާޅުވީ ކަރަންޓީނު މުއްދަތު ކަމަށްވާ14 ދުވަސް ހަމަވުމުން އިއްޔެ ޓެސްޓު ކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ ގައިން ބަލީގެ އަލާމާތްތައް ފެންނަން ހުރި ކަމަށެވެ. އެހެންވެ ނިންމީ ފުރަތަމަ ޓެސްޓުގެ ނަތީޖާ ނެގެޓިވް ވިޔަސް ދެވަނަ ޓެސްޓު ކޮށް ނަތީޖާ ލިބެންދެން ބައިތިއްބަން ކަމަށް ހިސާން ވިދާޅުވި އެވެ.
އިއްޔެ ޖުމްލަ160 މީހަކު ދޫކޮށްލަން ސާމްޕަލް ނެގި އެވެ. މިހާރު ރާއްޖޭގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގައި862 މީހަކު އެބަތިއްބެވެ.
މި އެންމެންވެސް ކަރަންޓީނުން ދޫކޮށްލާނީ ވައިރަހަށް ޓެސްޓުކޮށް ނެގެޓިވް ވެއްޖެ ނަމަ އެވެ.
މީގެ އިތުރުން އެޗްޕީއޭއިން ވަނީ ޖޯލި މޯލްޑީވްސްގައި މަސައްކަތް ކޮށްފައި ދިޔަފަހުން ބައްޔަށް ޕޮސިޓިވްވި ބިދޭސީ މީހާއާއި ގުޅުން ހުރެގެން އައިސޮލޭޝަންގައި ބޭތިއްބި އެންމެން ދެފަހަރު ވައިރަހަށް ޓެސްޓު ކުރަން ނިންމާފައި އެވެ. އެ ކޭސް އާއި ގުޅިގެން33 މީހަކު އައިސޮލޭޝަންގައި އެބަތިއްބެވެ.
އެޗްޕީއޭއިން ބުނީ އެމީހުންނަކީ އެ ބިދޭސީ މީހާ އާއި ސީދާ ގޮތުން ވަރަށް ބޮޑަށް ގުޅުން ހުރި މީހުންނަށް ވަތީ ބަލި ނެތްކަން އިތުރު ކަށަވަރު ކުރަން ބޭނުންވާ ކަމަށެވެ. އެމީހުންގެ ފުރަތަމަ ޓެސްޓުގެ ނަތީޖާތައް ނެގެޓިވް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް