ކޯވިޑް-19 ގެ ކަންކަމުގައި ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މަބްރޫކް އަޒީޒް ބަލިވެއްޖެއެވެ.
އެކަން ހާމަކޮށް މަބްރޫކް ވަނީ ޓްވީޓެއް ކޮށްފައެވެ.
މަބްރޫކް ބުނެފައިވަނީ "އޭނާގެ އަޑަށް" ރެސްޓެސް ދިނުމަށް ޑަކުޓަރު އިލްތިމާސް ކޮށްފައިވާކަމަށެވެ.
"މާ ގިނަ ދުވަހެއް ނުވެ ތިޔަބޭފުޅުންވާހަކަ ދެއްކޭވަރު ވާނެ" މަބްރޫކްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެ ޓްވީޓްގައި، ތިން ފޫޓު ދުރުން އެންމެންނަށް ލޯތްބާއި ސަލާމް ފޮނުވާފައިވެއެވެ.
މަބްރޫކް ބަލި ވެއްޖެކަން ހާމަކޮށްފައިވާއިރު ކޯވިޑް-19 ގެ ކަންކަމުގައި ތަރުޖަމާނުކަން މަބްރޫކް ކުރަން ފެށި ހިސާބުން އޭނާއަށް ވަނީ އާންމުންގެ މެދުގައި ވަރަށް ބޮޑު މަގްބޫލު ކަމެއް ލިބިގެން ގޮސްފައެވެ. މަބްރޫކްގެ މަސައްކަތް ފާހަގަކޮށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އޭނާއަށް ތައުރީފް ކޮށްފައިވެއެވެ. ތައުރީފުގެ ބަސްތައް ނޫސްތަކުގެ ފަލަ ސުރުހީއަށްވެސް އަރާފައިވެއެވެ.
https://twitter.com/mabrouq/status/1248666242983940097?s=21
ރައީސް އޮފީހުގައި އަންޑަރ ސެކްރެޓަރީއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ މަބްރޫކް ރެއާއި މިރޭގެ ޕްރެސް ކޮންފަރެންސުން ނުފެނުމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މަބްރޫކް ކޮބައިތޯ ސުވާލު އުފައްދާފައިވެއެވެ.
ރޭގެ ޕްރެސް ކޮންފަރެންސުން ނުފެނުނީ ދެ މިނިސްޓަރުންނާއި ކޯވިޑް-19ގެ ޓެގް ޓީމުގެ އިސް ޑަކުޓަރު ޑރ. އަލީ ލަތީފް ބައިވެރިވެލައްވާތީ ކަމުގައި ބެލެވުނެވެ. ނަމަވެސް މިރޭގެ ޕްރެސް ކޮންފަރެންސްގައިވެސް މަބްރޫކް ފެނިގެން ގޮސްފައެއް ނުވެއެވެ.
މިރޭގެ ޕްރެސް ކޮންފަރެންގައި ބައިވެރިވެލެއްވީ ޑރ. ނަޒްލާ އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަން އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް