ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި މުއްދަތު އިތުރުކޮށްފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ގަރާރަކުންނެވެ.
އެ ގަރާރުގައި ބުނެފައިވާގޮތުގައި ދިވެހި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބަ އޮތެވެ. އަދި ކުރިން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމި އެބަ އޮތް ކަމަށެވެ.
އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭކަމަށް މިނިސްޓަރަށް ލަފާ ދީފައިވާކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގާކަމުގައިވެސް ހެލްތު މިނިސްޓަރުގެ ގަރާރުގައި ބުނެފައިވެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މިދިޔަ މަހުގެ12 ވަނަ ދުވަހު30 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު އިތުރު ކުރީ މިމަހުގެ30 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް