ކޯވިޑް-19 އީޔޫއިން ރާއްޖެއިން ތިން މިލިއަން ޔޫރޯ ދެނީ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ތިން މިލިއަން ޔޫރޯ ދޭން ނިންމައިފި އެވެ. މި އެހީއަކީ ދުނިޔޭގައި ހަލުވިކާމައި އެކު ފެތުރެމުންދާ ކޯވިޑ...

10 Apr 2020 | 09:44

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެއިން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް އެހީތެރިވުމަށް ތިން މިލިއަން ޔޫރޯ ދޭން ނިންމައިފި އެވެ.

މި އެހީއަކީ ދުނިޔޭގައި ހަލުވިކާމައި އެކު ފެތުރެމުންދާ ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި ރާޢްޖެއިން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ގުޅިގެން ދޭ އެހީ އެކެވެ. އީޔޫއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން އަޅާފައި ވަނީ ފައިދާ ކުރާ އަދި ދެފުށް ފެންނަ ފިޔަވަޅުތަކެއް ކަމަށާއި އެ ކަމަށް އީޔޫގެ މެމްބަރު ގައުމުތަކުން މަރުހަބާ ކިޔާ ކަމަށެވެ.

އީޔޫއިން ރާއްޖެއަށް ދިން ތިން މިލިއަން ޔޫރޯގެ ތެރެއިން އެއް މިލިއަން ޔޫރޯ އަކީ ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސިއްހީ ނިޒާމަށް އެހީތެރިވުމަށް ދިން ފައިސާ އެވެ. އަނެއް ދެ މިލިއަން ޔޫރޯ އަކީ ޓޫރިޒަމް އިންޑަސްޓްރީއަށް ދީފައިވާ އެހީ އެވެ.

ޓޫރިޒަމް އިންޑަސްޓްރީއަށް ދިން އެހީއަކީ ކުދި އޮޕަރޭޓަރުންނާއި އެ ފަރާތްތަކުގެ މުވައްޒަފުންނަށް އެހީވުމަށް ދިން ފައިސާ އެވެ.

އެ ޖަމާއަތުން ބުނިގޮތުގައި، ރާއްޖެ އަށް އެހީ ވަނީ މިހާރު ކުރިމަަތިވެފައިވާ ކާރިސާގެ އަސަރުތައް ކުޑަކުރުމަށާއި ގައުމުތަކުން ބަލިމަޑުކަމަކާއި ކުރިމަތިލާން ޖެހިދާނެތީ އެކަމުގެ އަސަރު ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އީޔޫގެ އިތުރުން ބޭރުގެ އިތުރު ޖަމާއަތްތަކުން ދަނީ ރާއްޖެއަށް މި ދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް