މަރަދޫގައި ގްރޫޕަކުން ވަޅިން ހަމާލާދީ މީހަކު ޒަހަމް ކޮށްލައިފި

އައްޑޫ ސިޓީ މަރަދޫގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިގި އެވެ. އެމީހާއަށް ހަމަލާ ދީފައިވަނީ އެ ރަށު މުދިން މަގުން ދަނިކޮށް ދެ ސައިކަލެއްގައި އައި ހަތަރު މީހުންނެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ގާ...

10 Apr 2020 | 09:26

އައްޑޫ ސިޓީ މަރަދޫގައި ވަޅިން ހަމަލާދީ މީހަކު ޒަހަމްކޮށްލައިގި އެވެ.

އެމީހާއަށް ހަމަލާ ދީފައިވަނީ އެ ރަށު މުދިން މަގުން ދަނިކޮށް ދެ ސައިކަލެއްގައި އައި ހަތަރު މީހުންނެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ ގާތްގަނޑަކަށް8:15 ހާއިރު އެވެ.

އެމީހާއަށް ހަމަލާދީ ވަޅި ހަރާފައިވަނީ ބުރަކަށްޓަށެވެ. ފުލުހުން ބުނީ އެމީހާގެ ބުރަކަށީގެ ތިލަކޮށް ފަސް އިންޗިއަށް ވަޅި ހަރާފައިވާ ކަމަށެވެ.

ލިބުނު އަނިޔާއަށް މަރަދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައި އެވެ.

ފުލުހުން ބުނީ މި ހަމަލާގައި ޒަހަމްވެފައިވަނީ36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ހަމަލާ ދިން ހަތަރު މީހުން އަދި ހޯދިފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް