މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިކްރާމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާގެ ސިޓީގައި އިކުރާމް ބަޔާންކޮށްފައި ވަނީ، އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކަށްޓަކާ ކަމަށެވެ.
އިކުރާމް އިސްތިއުފާ ދެއްވާފައި ވާއިރު، މީގެ ކުރިން އިކްރާމް މަސައްކަތައް ނުކުތުން 14 ދުވަހުގެ މުއްދަތަށް ހުއްޓުވުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައި ވެއެވެ،
މޯލްޑިވް ގޭސްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ/ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އަލީ އިކްރާމް މަސައްކަތަށް ނުނިކުމެ މަޑުކުރަން އެ ކުންފުނިން އަންގާފައި ވަނީ، ކުންފުނީގެ ބޯޑުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް، މިދިޔަ މަހު ކުރީކޮޅު އެ ކުންފުނިން ނެރުނު ސަރކިއުލަރ މެމޯއެއްގައި ވެއެވެ.
އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައާއި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް