ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ހަރަކާތްތެރި ވާނެ އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލައިފިއެވެ.
https://twitter.com/ShareefRangondi/status/1369260470461370369
އިލެކްޝަން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރިއްވި ޓްވީޓެއްގައި ވިދާޅުވީ، އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 15ގެ ނިޔަލަށް ހުޅުވާލާފައި ވާ ކަމަށެވެ.
މި ބަދަލު ގެނެސްފައި ވަނީ ވޯޓުލާ މަރުކަޒު ތަކުގެ އަދަދަށް ބަދަލު އައުމާ ގުޅިގެން ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ. ވޯޓު ލުމުގެ ކަންކަން ހެޔޮ މަގުން ކުރުމަށް އެހީތެރިވުމަށް ޝަރީފު ވަނީ އެދިވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު މިހާރު ބާއްވާނެ ތާރީހަކަށް ހަމަޖައްސާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް