ކޮވިޑް-19: ބަތަލާ ރިސޯޓުން ދެ ބިދޭސީން އައިސޮލޭޝަން

އއ.އަތޮޅު ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ދެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސަ...

10 Mar 2020 | 16:29

އއ.އަތޮޅު ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން، އެ ދެމީހުން އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ފަށަފައުވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ ( އެޗްޕީއޭ) އިން ބުނެފިއެވެ.

މި ދެ މީހުންނަކީ ކުރިން ޕޮޒިޓިވްވެފައިވާ ކޭސްއެއްގެ "ކްލޯސް ކޮންޓެކްޓްސް" ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދުނިޔޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ މިއަދާ ހަމައައް 114,515 އެވެ. އޭގެ ތެރެއިން 64,280 މީހުން ރަނގަޅުވި އިރު، ބަލީގައި މަރުވީ 4,027 މީހުންނެވެ. ރާއްޖެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ހަ މީހުން ފެނިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް