ނުރައްކާތެރި ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ މީހުން ތިބި ކަމަށް ބެލެވިގެން އިތުރު ދެ ރިސޯޓަކަށް އަރާ ފޭބުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފި އެވެ.
އަލަށް ލިސްޓުގައި ހިމަނާފައިވަނީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓާއި، ކުރަމަތި އައިލެންޑް ރިސޯޓެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުގައި ހުރި ބިދޭސީއެއްގެ ފަރާތުން ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންވެ އެ ރިސޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރެވިފައިވާ ކަމަށެވެ.
ކުރެއްދޫ އައިލެންޑް ރިސޯޓުން ވައިރަސް އަށް ޝައްކު ކުރެވުނީ ޗުއްޓީ ހޭދަ ކުރަމުންދާ ޓޫރިސްޓު ދެމަފިރިއެއްގެ ތެރެއިން އެކެއްގެ ގައިންނެވެ. އެހެންވެ އެރަށަށް މީހުން އަރާ ފޭބުން މަނާ ކުރުމަށް ފަހު އެމީހާގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
https://twitter.com/HPA_MV/status/1237367009999896577
https://twitter.com/HPA_MV/status/1237352537646190592
މިހާތަނަށް ފަސް ރިސޯޓެއް އޮތީ މީހުން އަރާ ފޭބުން މަނާކޮށްފައި އެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ ރިސޯޓު، ކުރަމަތި އައިލެންޑް ރިސޯޓު އަދި ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ އިތުރުން ވިލަމެންދޫ އައިލެންޑް ރިސޯޓެވެ.
މިހާތަނަށް ރާއްޖެއިން ހަ މީހަކު ވައިރަހަށް ޕޮސިޓިވް ވެފައިވާއިރު އެއީ ހުސް ބިދޭސީންނެވެ. ވައިރަހަށް ޝައްކު ކުރެވިގެން މިހާރު ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ނިންމާފައިވަނީ އެންމެ ދިވެއްސެކެވެ. އެއީ ވިލަމެންދޫ ރިސޯޓުގައި ހުރި މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް