އިޓަލީ މީހާ މާލޭގައި މަޑު ކުރި މާގިރި ހޮޓެލް ވަގުތީގޮތުން ބަންދު ކުރަނީ

މާލޭގައި ހިންގާ މަޝްހޫރު މާގިރި ހޮޓެލް ވަގުތީގޮތުން ބަންދު ކުރަން ނިންމައިފި އެވެ. މާގިރި ހޮޓަލަކީ ރާއްޖެއަށް ކޮރޯނާ ވައިރަސް އައި ސަބަބު ކަމަށްވާ މީހާ ފުރުމުގެ ކުރިން ދެ ދުވަސް ވަންދެން މާލޭގައި މަޑު...

10 Mar 2020 | 12:01

މާލޭގައި ހިންގާ މަޝްހޫރު މާގިރި ހޮޓެލް ވަގުތީގޮތުން ބަންދު ކުރަން ނިންމައިފި އެވެ.

މާގިރި ހޮޓަލަކީ ރާއްޖެއަށް ކޮރޯނާ ވައިރަސް އައި ސަބަބު ކަމަށްވާ މީހާ ފުރުމުގެ ކުރިން ދެ ދުވަސް ވަންދެން މާލޭގައި މަޑުކުރި ހޮޓެލް އެވެ. އެމީހާ މާލޭގެ ޔުނިވާސަލްގެ ޓިކެޓިން އޮފީހަކަށްވެސް ދިޔަ އެވެ.

އެ ހޮޓަލުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވަގުތީ ގޮތުން ހޮޓާ ބަންދު ކުރަން ނިންމީ މުވައްޒަފުންނާއި ގެސްޓުންގެ ރައްކާތެރި ކަމަށްޓަކައި ކަމަށެވެ. ހޮޓެލް އެއްކޮށް ބަންދ ކުރަނީޑިސްއިންފެކްޓު ކުރަންށެވެ.

އެ ހޮޓެލް ބަންދު ކުރަން ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މާގިރި ހޮޓެލްގައި އޭނާ ހުރި ދެ ދުވަހުގެ ތެރޭގައި ސީދާ ގޮތުން މުއާމަލާތް ކުރި15 މުވައްޒަފަކު ތިބީ ހޯމް އައިސޮލޭޝަންގައި އެވެ. އެކަމަކު އެމީހުންގެ ފަރާތުން މިހާތަނަށް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ވެއެވެ.

މިހާތަނަށް ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ހަ މީހަކު ޕްސިޓިވް ވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް