ކޮވިޑް-19: ސައުދީގެ ގަތީފް ސިޓީ އެއްކޮށް ކަރަންޓީން ކޮށްފި

ސައުދީ އަރަބިއްޔާގެ ވިޔަފާރީގެ މުހިންމު ސިޓީއެއް ކަމަށްވާ ގަތީފް ސިޓީ އެއްކޮށް ކަރަންޓީން ކޮށްފި އެވެ. ކޮރޯނާ ވައިރަސްގެ ބިރު ބޮޑުވެ މުޅި ސިޓީ ކަރަންޓީން ކުރުމަށް ފަހު އެ ސިޓީގައި ހިންގާ ސަރުކާރުގެ އޮ...

10 Mar 2020 | 09:19

ސައުދީ އަރަބިއްޔާގެ ވިޔަފާރީގެ މުހިންމު ސިޓީއެއް ކަމަށްވާ ގަތީފް ސިޓީ އެއްކޮށް ކަރަންޓީން ކޮށްފި އެވެ.

ކޮރޯނާ ވައިރަސްގެ ބިރު ބޮޑުވެ މުޅި ސިޓީ ކަރަންޓީން ކުރުމަށް ފަހު އެ ސިޓީގައި ހިންގާ ސަރުކާރުގެ އޮފީސްތައްވެސް ވަނީ ހުއްޓުމަކަށް ގެނެސްފަ އެވެ. ހަމައެކަނި ވަޒީފާއަށް މީހުން ނުކުތުމުގެ ހުއްދަ ދީފައިވަނީ ގޭސް ސްޓޭޝަން ތަކާއި ފާމަސީތަކަށެވެ.

ގާތްގަނޑަކަށް 500،000 މީހުން ދިރިއުޅޭ، ގަތީފް ކަރަންޓީން ކުރީ ކޮރޯނާ ވައިރަސްއަށް އެ ގައުމުގެ20 މީހަކު ޕޮސިޓިވް ވުމާއި ގުޅިގެންނެވެ. މިހަތަނަށް ވައިރަސްއަށް ޕޮސިޓިވް ވި އެންމެންވެސް ފެނިފައިވަނީ ޝިއައީންގެ އާބާދީ އޮންނަ، ތެލުގެ މުއްސަނދިކަން ލިބިފައިވާ ގަތީފް އިންނެވެ.

ގިނަ މީހުންނަކީ އީރާނަށް ދަތުރުކޮށްފައިވާ މީހުންނެވެ.

ކޮރޯނާ ވައިރަސްގެ ބިރަށް އެ ގައުމުގެ ހުރިހާ ސްކޫލްތަކާއި ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައި އެވެ.

ސައުދީން މިހާރު ވަނީ ޔޫއޭއީ، ކުވޭތު، ބަހުރޭން، ލުބުނާން، ސީރިއާ، ސައުތު ކޮރެއާ، މިސްރު، އިޓަލީ، އިރާގު އަދި އީރާނަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. އަދި އެ ގައުމުތަކުގެ މީހުން ސައުދީ އަށް އެތެރެވުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސް އާއި ގުޅިގެން އުމްރާވުންވެސް ވަގުތީ ގޮތުން ވަނީ މަނާކޮށްފައި އެވެ. އަދި މާތްވެގެންވާ މަސްޖިދުލް ހަރަމްއަށް އިހުރާމް ހެދުމުގައި ވަނުންވެސް ވަނީ މަނާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް