ކޮވިޑް-19: ފޯކައިދޫ މީހާ އާއި ޔުނިވާސަލްގެ މުވައްޒަފު ވައިރަހަށް ނެގެޓިވް

ށ. ފޯކައިދޫ އާއި ޔުނިވާސަލްގެ ޓިކެޓު އޮފީހުގައި އިން މުވައްޒަފު ކޮރޯނާ ވައިރަސް އަށް ނެގެޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ ކޮރޮނާ ވައިރަސްއަށް ޓެސްޓު ކުރަން ސާމްޕަލް ނަގާފައިވާ ތިން މީހެއްގެ ނަތީޖާ ...

10 Mar 2020 | 06:25

ށ. ފޯކައިދޫ އާއި ޔުނިވާސަލްގެ ޓިކެޓު އޮފީހުގައި އިން މުވައްޒަފު ކޮރޯނާ ވައިރަސް އަށް ނެގެޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ކޮރޮނާ ވައިރަސްއަށް ޓެސްޓު ކުރަން ސާމްޕަލް ނަގާފައިވާ ތިން މީހެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. މި މީހުންނަކީ ކުުރެއްދޫ ރިސޯޓުން ވައިރަސްއަށް ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި މީހުންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ކުރެއްދޫ ރިސޯޓަށް ކޮރޯނާ ވައިރަސް ފެތުރެން ދިމާވި މައިގަނޑު ސަބަބު ކަމަށްވާ އިޓަލީ މީހާ މާލޭގައި ހުރި ދެ ދުވަހު ޔުނިވާސަލްގެ ޓިކެޓިން އޮފީހަށް ގޮސްފައިވާތީ އެތަނުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިގެން ފަރުކޮޅުފުށީގައި ކަރަންޓީން ކޮށްފައި ހުރި މީހާ އެވެ. ދެން ހިމެނެނީ ފޯކައިދޫގައި ހުއްޓަ ވައިރަސްއަށް ޝައްކު ކުރެވިގެން ފަރުކޮޅުފުށީ ކަރަންޓީނަށް ބަދަލު ކުރި ކުރެއްދޫ ރިސޯޓުގެ މުވައްޒަފެވެ.

އަނެއް މީހާގެ މައުލޫމާތެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ.

https://twitter.com/HPA_MV/status/1237261752946929665

އެޗްޕީއޭއިން ބުނީ ވައިރަސްއަށް ޕޮސިޓީވްވި މީހުންނާއި ގުޅުން ހުރި މީހުން ރާއްޖޭގެ ހަތް ސަރަހައްދަކަށް ދަތުރުކޮށްފައިވާކަމަށެވެ. އެމީހުން ދިޔަ ރަށްރަށުގެ ސިއްހީ ހާލަތާއި ޑޮކްޓަރަށް މީހުން ދައްކާވަރު އިތުރުވޭތޯ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ކޮންމެ ދުވަހަކު އެޗްޕީއޭއިން ބަލަމުންދާ ކަމަށެވެ.

އެކަމަކު މިހާތަނަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނީ ފޯކައިދޫންނާއި ހިންނަވަރުންނެވެ. ފޯކައިދޫން ޝައްކުވި މީހާ ނެގެޓިވްވެފައިވާއިރު ހިންނަވަރުން ފަރުކޮޅުފުށީ ކަރަންޓީންއަށް ގެންދިޔަ ކުރެއްދޫ މުވައްޒަފުގެ ޓެސްޓުގެ ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ.

މިހާރު ރާއްޖޭގައި ކޮރޮނާ ވައިރަސް ޖެހިފައިވާ ހަ މީހަކު އެބަ ތިއްބެވެ. އެއީ ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ފަތުރުވެރިންނާއި ކުރެއްދޫ ރިސޯޓުގައި ވަޒިފާ އަދާ ކުރަމުންދިޔަ ހަތަރު ބިދޭސީ މުވައްޒަފުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް