ކޮވިޑް-19: ކައުންސިލް އިންތިހާބު ފަސް ކުރުމަށް މައުމޫން ގޮވާލައްވައިފި

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އަދި މިހާރު ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދ...

10 Mar 2020 | 06:14

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ އަދި މިހާރު ރާއްޖެއިން ފެނިފައިވާ ކޮރޯނާ ވައިރަސްއާއި ގުޅިގެން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކޮރޯނާ ވައިރަސްއަށް މިހާތަނަށް ރާޢްޖެއިން ހަ މީހަކު ވަނީ ޕޮސިޓިވް ވެފައި އެވެ. އެމީހުންނަށް ފަރުވާ ދެމުންދަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީގައި އެވެ.

މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވައިރަހުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީހަކަށް އިންތިހާބު ފަސްކުރަންޖެހޭ ކަމަށެވެ. އެކަމަށް މައުމޫން ގޮވާލެއްވީ ސަރުކާރާއި އިލެކްޝަންސް ކޮމިޝަނަށެވެ.

މި އިންތިހާބަށް މައުމޫން ރައީސްކަން ކުރައްވާ އެމްއާރުއެމްއިން16 ކެންޑިޑޭޓަކު ނެރެ އެވެ. އެކަމަކު ހުރިހާ ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެންޑިޑޭޓުން ވަނީ ވައިރަސްގެ ނުރައްކަލަށް ކެމްޕެއިން ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލާފައި އެވެ.

ސަރުކާރުން ބުނެފައިވަނީ ވައިރަހާއި ގުޅިގެން އިންތިހާބު ފަސް ކުރަން ޖެހޭނަމަ ކަމާ ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް