ސަމާލުވޭ: މިއީ އެންމެ ހޫނު ގަދަ އަހަރު، މިދުވަސްވަރު އިތުރަށް ހޫނު ގަދަވާނެ

މިއަހަރު ފެށުނީންސުރެ އެހެން އަހަރުތަކަށް ވުަރެ ރާއްޖޭގެ ފިނިހޫނުމިން މަތިކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ. މެޓް އޮފީހުން ބުނީ މިއަހަރު ފެށުނީންސުރެ ރާއްޖޭގެ ފިނިހޫނުމިން ހުރީ އާ...

10 Mar 2020 | 05:53

މިއަހަރު ފެށުނީންސުރެ އެހެން އަހަރުތަކަށް ވުަރެ ރާއްޖޭގެ ފިނިހޫނުމިން މަތިކަމަށް މުސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިއަހަރު ފެށުނީންސުރެ ރާއްޖޭގެ ފިނިހޫނުމިން ހުރީ އާންމުކޮށް ހުންނަވަރަށް ވުރެ0.5 ދަރަޖަ މަތީގައި އެވެ. ދުނިޔޭގެ ފިނިހޫނުމިނަށް އަންނަމުންދާ ބަދަލުތަކަށް ބަލައި އެ އިދާރާއިން ބުނީ އެއް އަހަރުން އަނެއް އަހަރަށް ހޫނު ގަދަވަމުން އަންނަ ކަމަށެވެ.

ރާއްޖެއަށް ކޮންމެ އަހަރެއްގައި ވެސް އެންމެ ހޫނު ގަދަވާނީ މާޗްމަހާއި އޭޕްރިލް މަހު އެވެ. މެތް އޮފީހުން ބުނީ މި ދެމަހު މިހާރު މިއަހަރު  ހޫނު މޫސުމުގައި ހޫނު ވާނެ ކަމަށް ލަފާކޮށްފައިވާ ވަރަށް ވުރެ ހޫނު ގަދަވާނެ ކަމަށެވެ.

އެހެންވެ އާންމުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރެ އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ފިނިހޫނުމިން ދަށްވާން ފަށާނީ އަންނަ މެއި މަހުގެ މެދުތެރޭގައި ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަން ފެށުމުންނެެވެ. އެ އިދާޜާއިން ބުނީ މމިހެން ދިމާވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކަމަށެވެ.

ހޫނު ގަދަ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ބައެއް ރަށްރަށުން ފެން ހުސްވުމުގެ އިތުރުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ކުރިމަތިވެ އެވެ. ސްޓެލްކޯ އާއި ފެނަކައިން ބުނީ ހޫނު މޫސުމުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ މާ ގިނައިން ކަރަންޓު ބޭނުން ކުރާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް