ވިލަމެންދޫ ރިސޯޓް ލޮކްޑައުންކޮށް ދިވެއްސަކު ކޯވިޑަށް ޓެސްޓް ކުރަނީ

އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ...

10 Mar 2020 | 03:28

އދ. ވިލަމަންދޫ ރިސޯޓުގައި މަސައްކަތްކުރަމުންދާ ދިވެއްސެއް #ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން ޓެސްޓު ހެދުމުގެ މަސައްކަތް ކުރިއަށް އެބަދާކަން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މޮނިޓަރ ކުރުމަށާއި "ކޮންޓެކްޓް ޓްރޭސިންގ" ހެދުމަށް އެރަށަށް އަރައި ފޭބުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިހާތަނަށް ހަ މީހަކު ރާއްޖެއިން ކޮރޮނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވެ އެވެ. އޭ ގެތޭގައި ހިމެނެނީ ސޭންޑީޒް ބަތަލާ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ހަތަރު ބިދޭސީ މުވައްޒަފުންނެވެ.

މިމީހުންނާއި ގުޅުން ހުރި191 މީހަކު އެބަތިބި ކަމަށް ހެޗްޕީއޭއިން ބުނެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ރިސޯޓުގައި ރޫމް އައިސޮލޭޝަންގައި އަދި އަނެއް ބަޔަކު ފަރުކޮޅުފުށީ ކަރަންޓީން ފެސިލީޓީގައި ބައިތިއްބައިގެން ދަނީ މޮނީޓާ ކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ މިހާތަނަށް ރާއްޖެއިން މީހުން އަރާ ފޭބުން މަނާކޮށްފައިވާނީ ތިން ރަށަކުން ކަމަށެވެ. އެއީ ކުރެއްދޫ ރިސޯޓާއި ބަތަލާ ރިސޯޓު އަދި މިއަދު އަރާ ފޭބުން މަނާކުރި ވިލަމެންދޫ ރިސޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް