މިއަދު ރާއޖޭގައި 4،000 އާިއ ގާތް ކުރާ އަދަދަކަށް މީހުންނަށް ކޯވިޑް-19 ވެކްސިން ދީފި އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު އެކަނި 3،910 މީހުންނަށް ކޯވިޑް-19 ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 3،285 މީހުންނަށް މާލޭގައި ވެކްސިން ދީފައިވާއިރު އަތޮޅު ތެރޭގައި 625 މީހުންނަށް ވެކްސިން ދީފައިވެ އެވެ.
މިހާތަނަށް ވެކްސިން ދިން މީހުންގެ އަދަދަށް ބަލާއިރު 20،161 މީހުން ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރެއިން މާލޭގައި ވެކްސިން ޖަހާފައިވަނީ 16،703 މީހުންނެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ޖަހާފައިވަނީ 3،458 މީހުންނަށެވެ.
މިއަދުގެ ނިޔަލަށް މާލޭގައި ހަތް ސެންޓަރެއްގައި ވެކްސިން ދީފައިވެ އެވެ. އަތޮޅު ތެރޭގައި ކޯވިޑް ވެކްސިން ދީފައިވަނީ 38 ސެންޓަރެއްގައި އެވެ.
ކޯވިޑް-19 ވެކްސިން ދޭން ފެށީ މިމަހުގެ އެ ވަނަ ދުވަހު އެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ހަދިޔާ ކުރި 100،000 ޑޯޒުގެ ކޮވިޝީލްޑް ވެކްސިނެވެ.
މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިއަދު ޑަބްލިއުއެޗްއޯއިން ދީފައިވާއިރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި ވެކްސިންއަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަގުތީ ހުއްދައެއް ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް