ކޮވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފި

އިންޑިއާއިން އުފައްދާ، އޮކްސްފޯޑް އަސްޓްރަޒެނެކާ، ކޮވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފިއެވެ. މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ކުރިއަށްގެންދާ ނޫސްވެ...

10 Feb 2021 | 15:58

އިންޑިއާއިން އުފައްދާ، އޮކްސްފޯޑް އަސްޓްރަޒެނެކާ، ކޮވިޝީލްޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދީފިއެވެ.

މި ހުއްދަ ދީފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ކޮވިޝީލްޑަށް މި ހުއްދަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދީފައިވާއިރު، މިރޭ އެ ޖަމިއްޔާއިން ބުނެފައިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒަށްފަހު ދެވަނަ ޑޯޒް ދިނުން އެންމެ ރަނގަޅީ އަށް ހަފްތާ އާއި 12 ހަފްތާ ފަހުން ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މި ހުއްދަ ދީފައިވާއިރު ބުނެފައިވަނީ މި ވެކްސިން އުމުރުން 18 އަހަރުން މަތީގެ އެންމެންނަށްވެސް ދެވިދާނެކަމަށެވެ.

މި ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހުއްދަ ދިނުމުގެ ކުރިން ރާއްޖެ، އިންޑިއާ އަދި މި ސަރަހައްދުގެ އިތުރު ގައުމުތަކާއި އެހެން ބައެއް ގައުމުތަކުގައިވެސް ޖަހަން ފަށާފައިވެއެވެ. ރާއްޖޭގައިމި ވެކްސިން ދޭން ފެށީ ރާއްޖޭގެ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދައާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް