މިރެޔަކީ ކައިވެނީގެ ފުރަތަމަރޭ! ކަންތައް ކުރާނީ ކިހިނެތް

އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަ ރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން އެކަން ކުރުމުން ރަނ...

10 Feb 2021 | 14:51

އެންމެ ފުރަތަމަ އަނބިމީހާގެ ގާތަށް ދާ ވަގުތު އޭނާ އުފާ ވާ ކަހަލަ ރަނގަޅު ހަދިޔާއެއް ދިނުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ކޮންމެ މީހަކުވެސް އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރަކުން އެކަން ކުރުމުން ރަނގަޅުވާނެއެވެ. އެގޮތުން ގަހަނާއެއް ނުވަތަ އަނބިމީހާ ލޯބިކުރާ އަގުހުރި އެއްޗެއްވެސް ދެވިދާނެއެވެ.

ހަމަ އެވަގުތު ކިރު ނުވަތަ އެފަދަ މީރު ބުއިމެއް ދިނުން، ފުރަތަމަ އަމިއްލަޔަށް އެއިން ބައެއް ބުއިމަށްފަހު އަނެއްބައި އަންހެނުންނަށް ދޭނީއެވެ.

ދެން بسم الله ކިޔައި، ތިބާގެ ކަނާއަތް އަނބިމީހާގެ ނިތްކުރިއާ ދިމާއިން ބޮލުގައި ބާއްވައި ނުވަތަ ނިތްކުރީގެ އިސްތަށިކޮޅުގައި ހިފަހައްޓައި ބަރަކާތަށް އެދި މިފަދައިން ދުއާކުރާނީއެވެ.

“ اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِهَا وَخَيْرِ مَا جَبَلْتَهَا عَلَيْهِ وَأَعُوذُ بِكَ مِنٍ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ “

މާނައީ: “ އޭ الله މީނާގެ ހެޔޮކަމާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ހެޔޮކަންތައް ދެއްވުން އެދި މިއަޅާ އިބަ އިލާހުގެ ހަޟުރަތުން އެދެމެވެ. އަދި މީނާގެ ނަފްސުގައިވާ ނުބައިކަމަކާއި، އިބަރަސްކަލާނގެ މީނާ އުފެއްދެވުމުގައި ލައްވާފައިވާ ނުބައިކަންތަކުން ރައްކާތެރި ކޮށްދެއްވާންދޭވެ."

ދެން ދެމަފިރިން އެކުގައި، ފިރިމީހާގެ ފަހަތުގައި އަނބިމީހާ ހުރެގެން ދެރަކުއަތް ނަމާދެއް ކުރާނީއެވެ. އެއަށް ފަހުގައި ދެމީހުންވެސް ދެމީހުންގެ ދިރިއުޅުމުގައި ބަރަކާތް ލައްވާތޯއާއި، އެކުވެރިކަމާއި ލޯތްބާއެކުގައި އުޅެވޭތޯއާއި، އަދި ޞާލިހު ދަރިފަސްކޮޅެއް ދެއްވާތޯ ދުޢާކުރާނީއެވެ.

އެއްދާންވުމުގެ ކުރީގައި އަންނަނިވި ދުޢާކިޔުމަށް ކޮންމެހެން ހަނދާން ބަހައްޓާށެވެ.

“ بِسْمِ اللهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا “

މާނައީ: ”އޭ الله، އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވައި، އަދި އިބަރަސްކަލާނގެ އަޅަމެނަށް ދެއްވާ ދަރިފުޅު ޝައިޠާނާގެ ކިބައިން ސަލާމަތް ކޮށްދެއްވާންދޭވެ."

އެ ވަގުތުގައި ﷲ ތަޢާލާ އެދެމީހުނަށް ދަރިޔަކު ދެއްވުމަށް އިރާދަކުރައްވާފިނަމަ ޝައިޠާނާއަކަށް އެކުއްޖާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ.

ދެމަފިރިންވެސް އެކަކު އަނެކަކަށް ޒީނަތްތެރިވެ، ރީތިވުމަކީ މަޝްރޫޢުވެގެންވާ ރަނގަޅު ކަމެކެވެ.

މަސްދަރު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް