ނިދުމުގެ ކުރިން ވުޟޫކުރުން
ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
((إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ، ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ..))
أخرجه البخاري
މާނައީ: “ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ.”
ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.
ނިދުމުގެ ކުރިން ކިޔަން ވާރިދުވެފައިވާ ޒިކުރުތައް ކިޔާށެވެ.
މި ދުޢާތަކުގެ އިތުރުން އާޔަތުލް ކުރުސިއާއި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތާއި އިޙްލާސް، ފަލަޤި، ނާސި (މި ތިން ސޫރަތުންކުރެ ކޮންމެ ސޫރަތެއް ތިންފަހަރު) ކިޔަން ހަނދާން ނައްތާނުލާށެވެ.
ދުޢާކުރުން
وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ
އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.
ސޫރަތުލް ޣާފިރު 60
އެހެންކަމުން ފަތިސް ނަމާދު އެ ނަމާދުގެ ވަގުތުގައި ކުރުމުގެ ތައުފީޤްދެއްވަވާތޯ ގިނަގިނައިން ދުޢާކުރާށެވެ.
ނިދާ ގަޑި އަވަސްކުރުން
ނިދުމާއި ހަނދާން ނެތުން އެއީ ނަމާދު ވަގުތުން ފަސްކުރުމަށް އޮންނަ ހަމައެކަނި މަޤްބޫލު ދެ އުޒުރެވެ. އެހެންނަމަވެސް ނިދާ އިރު ފަތިސްނަމާދަށް ބަންގި ގޮވަން ބައިގަޑި ނުވަތަ ފަނަރަ މިނިޓަށް ވުމުން ނިދުމަކީ ފާފަވެރިވާނެކަމެކެވެ. އެހެންކަމުން ނިދާގަޑި އާއި ހޭލާގަޑި އަވަސް ކޮށް ނަމާދަށް ބުރޫނާރާ ގޮތަށް ތާވަލް ބައްޓަންކުރުމަކީ މުހިންމު ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުންނަތަކީވެސް ނިދާ ގަޑިއާއި ހޭލާ ގަޑި އަވަސްކުރުމެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުންރިވާވެގެންވެއެވެ.
“كَانَ يَنَامُ أَوَّلَ اللَّيْلِ وَيُحْيِى آخِرَهُ” މާނައީ: “އެކަލޭގެފާނު ނިދިކުރައްވަނީ ރޭގަނޑުގެ ކުރީ ކޮޅުގައެވެ. އަދި ރޭގަނޑުގެ ފަހުބައި އަޅުކަމުގައި ހޭދަކުރައްވައެވެ.”
ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދޭށެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وتعاونوا على البر والتقوى) މާނައީ: ” ހެޔޮކަމާއި ތަޤުވާވެރިކަމުގެ މައްޗަށް ތިޔަބައިމިހުން އެއްބަޔަކު އަނެއްބަޔެއްގެ ވާގި ލިބިގަންނާށެވެ.”
(اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) متفق عليه.
މާނައަކީ: ”އެއް މުއުމިނަކު އަނެއް މުއުމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ“
ފާފަތަކުން ދުރުވުން.
وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ ﴿٣٠﴾
ތިޔަބައިމީހުންނަށް ޖެހޭހާ مصيبة އެއް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދިކަންތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަފާފަތައް عفو ކުރައްވަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް