އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. އޭއޯ ނިއުސްގައި ރިޕޯޓްކޮށްފައިވާގޮގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންތް ހިނގާފައިވަނީ އަ...

10 Feb 2021 | 14:27

އައްޑޫ ސިޓީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

އޭއޯ ނިއުސްގައި ރިޕޯޓްކޮށްފައިވާގޮގުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންތް ހިނގާފައިވަނީ އައްޑޫ ސިޓީ ލިންކު ރޯޑުން ފެނަކަ އޮފީސް ސަރަހައްދުގައެވެ.

މި އެކްސިޑެންޓްގައި އަނިޔާވި މީހުން މިހާރު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ނޭނގެއެވެ. ނަމަވެސް މިއެކްސިޑެންޓްވި ކާރާއި ސައިކަލަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް