އަލީ ވަހީދު ފުރުވާލުމުން އަނީސާ: ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ފުރުމުން ކުރީގެ ޖެންޑަރ މިނިސްޓަރު އަނީސާ އަހްމަދު ނުރުހުން ފާޅުކުރައްވައިފިއެވެ. އެގޮތުނ...

10 Feb 2021 | 14:17

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭރަށް ފުރުމުން ކުރީގެ ޖެންޑަރ މިނިސްޓަރު އަނީސާ އަހްމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އެގޮތުން އަނީސާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާކޮށްފައިވަނިކޮށް އެމީހާއަށް ކުރިން ހިމާޔަތްދީފައިވާ ގައުމަކަށް ދިއުމަށް ހުއްދަ ދިނުމަކީ މިބާވަތުގެ މައްސަލަތައް ރިޕޯޓްކުރުމަށް އެޅުނު ބޮޑު ހުރަހެއް ކަމަށެވެ.

" ރިޕޯޓުކުރުމަށް ފަސްޖެހެނީވެސް މުއައްސަސާތަކުން ސީރިއަސްކޮށް ނުނަގާތީ" ރައީސް ސޯލިހާއި ޕީޖީ އޮފީސް ޓެގް ކުރައްވައި އަނީސާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/AneesaAhmed19/status/1359480929509462019

އަލީ ވަހީދު ރާއްޖެ ދޫކޮށް ފުރާފައި ވަނީ ޓާކިޝް އެއާލައިން ގައި ރޭގެ ވަގުތެއްގައެވެ. އަލީ ވަހީދު ގޮސްފައިވަނީ ލަންޑަނަށެވެ.

އަލީ ވަހީދު މިނިސްޓަރުކަމުން ވަކިކުރީ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ކުރި މައްސަލައެއްގައެވެ.

އިއްޔެ އޮތް އަލީ ވަހީދުގެ ޝަރީއަތުގެ ސިއްރު އަޑުއެހުމުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ބާތިލް ކޮށްފައިވެއެވެ. އެ އަމުރު ބާތިލްކޮށް ވަނީ ޝަރީއަތުގެ މަޖިލީހަށް އަލީ ވަހީދުގެ ޑޮކަޓަރަކު ހާޒިރުކޮށް، އެ ޑޮކްޓަރު އަލީ ވަހީދުގެ މައިބަދައިގެ ޑިސްކްތަކެއް ގުޑާފައިވާކަމަށް ބުނުމާއި ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް